ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގަތުމުން ބަންދުކޮށް އިތުރު ގޮތަކަށް އަންގަންދެން ސިހަލަ ޕޮލިސް ޓްރޭނިންގ ކޮލެޖު ރެސްޓް ޙައުސްއަކީ ޖަލެއް ކަމަށް ކަނޑައަޅައިފިއެވެ.
މިރޭ އެއާޕޯޓުން ދެބަފައިން ހައްޔަރުކުރީ ނޭޝަނަލް އެކައުންޓެބިލިޓީ ބިޔުރޯގެ އޮފިޝަލުންނެވެ.
ދެބަފައިންގެ މައްޗަށް ޙުކުމް އިއްވާފައިވަނީ ޣައިރު ހާޒިރުގައިކަމަށްވަތީ ކޯޓަށް ހާޒިރުކުރަން އޮފިޝަލުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ކޯޓުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
ދެބަފައިން ފުރަތަމަ ގެންދާނީ ކޯޓަށް ކަމަށް ބަލައި ގިނަ އަދަދެއްގެ ނޫސްވެރިން ކޯޓަށް ދިއުމުން ވަނަނުދީ ވަނީ ފޮނުވާލައިފައެވެ. ނޫސްވެރިންނަށް އެންގީ ކޯޓަށް މިރޭ ނުގެންދާނެ ކަމަށާއި ގެންދާނީ ސީދާ ޖަލަށް ކަމަށެވެ.
މައިޖަލަށް ދެބަފައިން ގެންގޮސް ބަންދުގައި ބައިތިއްބަން ފިޓްކަން ބެލުމަށް މިހާރު ވަނީ ޓެސްޓްތައް ހަދައިފައެވެ.