ސައުދިއަރަބިޔާގައި ބަރަހަނާ މަންޒަރުހުރި މަޖައްލާތައް ވިއްކާތީ ގިނަ ބައަކު ރުޅިގަދަވެއްޖެއެވެ.
ގިނަ ބައަކު ބުނަމުން ގެންދަނީ މީގެކުރިން ސައުދިއަރަބިޔާގައި އެފަދަ ފޮޓޯ ޖެހި މަޖައްލާތައް ވިއްކަނީ ފޮޓޯ ސެންސަރުކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެކަން ނުކުރާ ކަމަށެވެ.
ސައުދީގައި މިބާވަތުގެ އަމަލުތައް ކުރުން އިތުރުވަމުން އަންނާތީ ގިނަ ބައަކު ދަނީ ސަރުކާރާއި ނުރުހި ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިފަދަ ކަންކަމާހެދި ރައްޔިތުން ރުޅިގަދަވެ ސަރުކާރާއި ނުރުހި ނުރުހުންފާޅުކުރަން މެދުވެރިވަނީ ދީނީ އިލްމުވެރިންގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން މިހާރުވެސް ގެންދަނީ ދީނީ ޢިލްމުވެރިން ހައްޔަރުކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރުވެސް ވަނީ 3000 އަށްވުރެ ގިނަ ދީނީ އިލްމުވެރިންގެ ހުއްދަ ބާޠިލުކޮށްފައެވެ.