ސައުދިއަރަބިޔާއަށް ގެނައި "އިޞްލާޙީ ބަދަލު" ތަކުގެ ތެރެއިން ޠާއިފްގައި ބޭއްވި މިޔުޒިކްޝޯއެއް ކުރިއަށް ދަނިކޮށް އަންހެނަކު ސްޓޭޖަށް އަރައި ލަވަކިޔާމީހާގެ ގައިގައި ބައްދައިގަތުމުން އަންހެން މީހާ ބަންދުކޮށްފިއެވެ.
ސްޓޭޖަށް އަރައި އެ އަމަލު ހިނގުމުން ބަލަހައްޓަން ތިބި މީހުން ވަނީ ވަގުތުން އެކަން ހުއްޓުވައި ދެމީހުން ދުރުކޮށްފައެވެ. މިއަމަލާއި ގުޅިގެން އަންހެން މީހާގެ މައްޗަށް 2 އަަހަރުގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާނެކަމަށް ބެލެވޭއިރު 100،000 ރިޔާލައިން ޖުރުމަނާ ކުރާނެ ކަމަށްވެސް ބެލެވެއެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ ކުށްތަކަށް އަރައިގަންނަން މަގުފަހިކޮށްދީ ހިއްވަރު ދިނުމުން ކުށްތައް ކުރާނެ ކަމަށާއި ކުށް ކުރުމުން ބަންދުކޮށް އަދަބު ދިނުމުގެ ޙައޤު ސަރުކާރަށް ނެތް ކަމަށެވެ.
ގުޅުންހުރި ވީޑިއޯ: