ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި

ކިޔުމަށް ހޭދަވާނީ 40ސ
ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
(ޖުލައި 16) ދިމިޝްގު- ސީރިޔާގެ ރަސްމީ މީޑިއާ ބުނެފައިވަނީ ހަލަބް ޕްރޮވިޝަންގައިވާ ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާތަކެއްދީފި ކަމަށެވެ.

ސީރިއަން ނޫސް އެޖެންސީ (ސާނާ) އިން ބުނެފައިވަނީ ޒަޔަނިސްޓް ދުޝްމަނުން ވަނީ އެމީހުންގެ އުދުވާނީ ހަމަލާތައް އިތުރަށް ތަކުރާރު ކުރަމުންކަމަށެވެ. ސާނާ އިން ބުނާގޮތުގައި މިސައިލް ހަމަލާގައި އިމާރާތްތަކަށް ފިޔަވާ އެހެން އެއްވެސް ގެއްލުނެ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ ސީރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން މަރުވި ކަމަށެވެ.

އޮބްޒަވޭޓަރީން ބުނާގޮތުގައި އެމިސައިލްއިން ހަމަލާދީފައިވާ އަސްކަރީ މަރުކަޒް ބޭނުންކުރަމުން ގެންދިޔައީ ސީރިޔާގެ އެކުވެރި އީރާނުން ކަމަށެވެ.

އިޒްރެއިލުން މީގެ ކުރިންވެސް ވަނީ އީރާނުގެ ތަންތަނަށް މިސައިލްގެ ހަމަލާ ދީފައެވެ.
މިއަދު އޮންލައިން