ދިރާގާއި ކޮފީ ލެބް ރޯސްޓަރސް އިން އިންތިޒާމު ކޮށްގެން ބާއްވާ 'ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް' 07 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ރަސްރަނި ބަގީޗާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިބާވަތުގެ އެއްމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަރ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިންގ) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެނދާނެއެވެ.
ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކުވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވައެވެ. މިއަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެއެވެ.މިމުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.
އަފްރާހް، ކޮފީ ލެބް ރޯސްޓަރސް ގެ ސީ.އީ.އޯ ވިދާޅުވީ "ރާއްޖޭގައި ވަރަށް ދުވަސްވީ ވަރުގަދަ ކޮފީ ކަލްޗަރ އެއް އޮވޭ. އަޅުގަނޑުގެ އަމާޒަކީ ކޮފީ އިންޑަސްޓްރީގެ ދުނިޔޭގެ ބޮޑެތި ސްޓޭޖް ތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ގިނަ ޒުވާނުން ސްޕެޝަލްޓީ ކޮފީ ދާއިރާއަށް ނުކުމެ ޕެޝަން އާއެކު ޕްރޮފެޝަނަލް ކެރިއަރ އެއްގައި ކުރިޔަށް ދިޔުން" ކަމަށެވެ.
7 ސެޕްޓެމްބަރު ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީހެދުމުގެ ޕަބްލިކް ވޯކްޝޮޕް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި –ފެމިލީރޫމް ކެފޭ (ހުޅުމާލެ) އާއި 16 އޮގަސްޓް –ފެމިލީރޫމް ކެފޭ (ހުޅުމާލެ) އަދި 30 އޮގަސްޓް –ދިރާގު ޕްރިމިއަރ ލައުންޖް (މާލެ) އެވެ.
ދިރާގުން ބުނެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށްބޮޑަށް އެހީތެރިކަން ދޭކަމަށާޢި އަދި މިއާއެކު ދިވެހި ހުނަރުވެހިން ބާރުވެރިކުރުމާއި މިފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް ދިރާގުން ވަރަށް އިސްކަން ދޭކަމަށެވެ.