ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު މަދުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސަރވޭއަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު ސާރވޭ ކުރިއަށް ގެންދެވުނު މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން 6943 ދިވެހިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް އިމިގްރޭޝަނާއި ހަވާލާދީ އެމްއެމްއޭ އިން ހާމަ ކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު ސަރވޭ ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 7185 މީހުން ކަމަށް ވެސް އެއޮތޯރިޓީން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެމްއޭ އިން ހާމަކޮށްފައިވަނީ މިދިޔަ އަހަރު ސަރވޭ ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައި 4220 މީހުންނާއި ސުވާލު ކުރެވުނު ކަމަށާއި 2016 ވަނަ އަހަރު ސުވާލު ކުރެވުނީ 4488 މީހުންނާ ކަމަށެވެ.
އެމްއެމްއޭ އިން ސާރވޭ ކުރި މީހުންގެ ތެރެއިން 2017 ވަނަ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދަތުރުކުރީ 1889 މީހުން ކަމަށާއި، އެމުއްދަތުގައި 2016 ވަނަ އަހަރު ބޭސްފަރުވާއަށް ދަތުރު ކޮށްފައިވަނީ 2281 ދިވެހިން ކަމަށް އެސަރވޭއިން ދައްކާފައިވެއެވެ.