އިޒްރޭލް ސަފީރު ރަތަށް އަރައި ނޫސް ކުށްވެރިކޮށް ކާޓޫނު ވެބްސައިޓުން ނަގަންވެސް އެންގިއެވެ. ނަމަވެސް މި ކާޓޫނު މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ދައުރުކުރުވާ ފަރާތްތަކުން އެދެނީ ވީހާ ގިނަ ބައަކު މިކާޓޫނު ދައުރުކޮށްދިނުމަށެވެ. ވީހާ ގިނަ ބައަކަށް ޔަހޫދީންގެ ހީލަތްތެރި ރޭވުންތަކާއި ހަޤީޤަތް ހާމަކޮށްދިނުމަށެވެ. ކާޓޫނުގައި ދައްކާފައިވާ އެނދު ނިޞްބަތްކުރަނީ ފަލަސްޠީނުގެ ބިންތަކަށެވެ. އެހެންކަމުން މިއީ ފަލަސްޠީނުގެ ބިންތައް ޔަހޫދީން ފޭރިގަންނަމުންދާ ގޮތް ދައްކައިދޭ ކާޓޫނެކެވެ.