އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ އުފަލުގައި މުޅި އޮގަސްޓް މަހުގެ ތެރޭގައި އިތުރު ޑޭޓާ ލިބޭ ޕެކޭޖެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ އުފަލުގައި މުޅި އޮގަސްޓް މަހުގެ ތެރޭގައި  އިތުރު ޑޭޓާ ލިބޭ ޕެކޭޖެއް ތަޢާރަފްކޮށްފި
އުރީދޫގެ ތޭރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެކުންފުނީގެ މަގްބޫލް ޑޭޓާ ޕެކްތައް ޚިޔާރުކުރެއްވުމުން އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ފަށައިފި އެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބެނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަަތަ ޑޭޓާ 1100 ޚިޔާރު ކުރެއްވުމުންނެވެ.

"ދިވެހިރާއްޖޭގައި އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއި އިރު، މި އޮފަރ އަކީ އަޅުގަނޑުމެންނަށްމެދުކެނޑުމެއް ނެތި ހިއްވަރުދެމުންދާ ލޮބުވެތި ކަސްޓަމަރުންނަށް ކުޑަ ހަދިޔާ އެއް. ފެށުނީއްސުރެ، ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިންދޭ އަހަމިއްޔަތުކަން، އަޅުގަނޑުމެންގެ ކަސްޓަމަރުން ގަބޫލުކޮށް އެކަމުގެ އަގުވަޒަން ކުރޭ. މުސްތަޤްބަލުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި އަޒުމާއި އެކު، އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އީޖާދީ އުފެއްދުންތައް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.



އުރީދޫގެ ޑޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕް އަދި މަގޭ ޕްލޭންގެ ޚިދުމަތް، ނުވަތަ *929# އަށް ގުޅާލައްވައިގެން، ކޮންމެ ތާކު ހުރެގެން، ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ މި ޑޭޓާ ޕެކްތައް ފަސޭހަކަމާއި އެކު ޚިޔާރުކުރެވޭނެއެވެ.

އުރީދޫގެ މި ހާއްސަ އެނިވާސަރީ އޮފަރ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/13th-anniversary އަށް ޒިޔާރަތް ކުރެއްވުމަށް އުރީދޫން ވަނީ އެދިފައެވެ.
މިއަދު އޮންލައިން