ހުކުރަށް ތިބާ ހަމަލާދީ 29 އަށްވުރެ ގިނަ މީހުން މަރާލައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ހުކުރަށް ތިބާ ހަމަލާދީ 29 އަށްވުރެ ގިނަ މީހުން މަރާލައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި
އަފްޣާނިސްތާނުގެ އިރުމަތީ ސަހައްދެއްގެ މިސްކިތެއްގައި މިއަދު ހުކުރަށް ތިބާ ހަމަލާދީ 29 އަށްވުރެ މީހުން މަރާލައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.

ސިފައިން ބުނެފައިވަނީ ޚަވާޖާ ހަސަން މިސްކިތުގައި 100 ވަރަކަށް މީހުން ހުކުރަށް ގޮސް ތިއްބައި ބައަކު ވަދެ ރަައިފަލްތަކުން ހަމަލާ ދޭން ފެށީ ކަމަށެވެ. ހަމަލާ ދިނުމަށްފަހު އަމިއްލައަށް ހަށިގަނޑު ގޮއްވާލައިގެން ހަމަލާދިން މީހުން މަރިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.
މިއަދު އޮންލައިން