ވޮލީބޯލް ޓޯނަމަންޓުން އެއްވެސް މެޗަކުން ބަލިނުވެ މާލޭ ޕްރިޒަން އިން ލީގު ޗެމްޕިއަންކަން ހޯދައިފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ވޮލީބޯލް ޓޯނަމަންޓުން  އެއްވެސް މެޗަކުން ބަލިނުވެ މާލޭ ޕްރިޒަން އިން ލީގު ޗެމްޕިއަންކަން ހޯދައިފި.
މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ލީގު ޗެމްޕިއަންކަން މާލޭ ޕްރިޒަން ހޯދައިފިއެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގައި މާލޭ ޕްރިޒަންގެ ޓީމް މޮޅުވީ 3-2 ސެޓުންނެވެ. ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން މާފުށީ ޕްރިޒަންގެ ވޮލީ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ.
ލީގުގެ ދެވަނައަށް ދިޔައީ މާފުށީ ޕްރިޒަން އެވެ. ތިންވަނައަށް ޓީމް އެޗްކިއު ދިޔައިރު އީއެސްޖީ ވަނީ އެއްވެސް މެޗެއް ކާމިޔާބު ނުކުރެވި މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަން ޓީމުގެ ޖާޒީ ނަންބަރު 13 އަޙްމަދު ޝާހީން އެވެ
މިއަދު އޮންލައިން