75 ބަކަރި، ކޮށިން ފިލުމުން ނިޔުޖަރސީގެ ފުލުހުން އެލަރޓަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
75 ބަކަރި، ކޮށިން ފިލުމުން ނިޔުޖަރސީގެ ފުލުހުން އެލަރޓަށް!
ނީލަންކިޔުމަށްތަކައި ކޮށީގައި ބަންދުކޮށްފައި ތިބި 75 ބަކަރި ކޮށިން ފިލުމުން ނިޔުޖަރސީގެ ފުލުހުން އެލަރޓަށްއަތުވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ ބަކަރިތަކަށް ނުކުމެގެން ދެވުނީ ކޮށި ރަނގަޅަށް ތަޅުނުލައި ހުރުމުން ކަމަށެވެ.

ފުލުހުން ބުނި ފާއިތުވި 2 ދުވަސްމަތިން 60 ވަރަކަށް ބަކަރި އަތުލަިގަނެވިފައިވާ ކަމަށާއި ނުފެނިވާ ބަކަރިތައް ހޯދަމުން ގެންދާ ކަމަށެވެ. އަދި އެހައި ބޮޑު ސަމާލުކަމެއް ދީގެން ބަކަރިތައް ހޯދަނީ މަގުތަކުގެ ޓްރިފިކަށް އަދި ތަންތަނަށް އުނދަގޫކޮށްފާނެތީ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ފެނުނު ބަކަރިތަށް އަނބުރައި ކޮއްޓާއި ހަވާލުކޮށްފައިވާ ކަމަށާއި ކޮށީގެ ދޮރުވެސް ވަރުގަދަކޮށް ބާރުގަދަ ރޯނުން އައްސައިދީފައިވާނެ ކަމަށެވެ.
މިއަދު އޮންލައިން