ގާތް އެކުވެރިއެއްގެ ގޮތުން ރާއްޖެއަށް ހަމަޖެހުމާ ކުރިއެރުމަށް އެދިވަދައިގަންނަވާ ކަމަށް މޯދީ ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ގާތް އެކުވެރިއެއްގެ ގޮތުން ރާއްޖެއަށް ހަމަޖެހުމާ ކުރިއެރުމަށް އެދިވަދައިގަންނަވާ ކަމަށް މޯދީ ވިދާޅުވެއްޖެ
އިންޑިއާގެ ގާތް އެކުވެރިއެއްގެ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި ބަޔާނެއްގައި މޯދީ ވިދާޅުވެފައިވަނީ ރާއްޖޭގައި ޞުލްޙަމަސްލަހަތު ޤާއިމުވެފައި އޮތުމަށާއި ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލުތަކުން ރާއްޖޭގައި ކަންކަން ކުރެވެން ބޭނުންފުޅުވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި އޮންނަން ވެސް ބޭނުންފުޅުވާ ކަމަށެވެ.

ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭއިރު އެފަދަ އިންތިޚާބަކަށް ބޭނުންވާ މާހައުލު ކަށަވަރުކުރުމަށްޓަކައި މިނިވަން ޖޫޑިޝަރީއެއް އޮވެ، ދެފުށް ފެންނަ ގޮތަކަށް ކަންކަން ނިންމަމުން ގެންދިއުމުގެ މުހިންމުކަންވެސް މޯދީ ވަނީ ފާހަގަކުރައްވައިފައެވެ.

ރައްޖޭގެ އެންމެ ކައިރި އަވަށްޓެރިޔާގެ ހައިޞިއްޔަތުން ރާއްޖޭގެ އިޤްޠިޞާދަށް، ވިޔަފާރިއަށް އަދި އިޖުތިމާޢީ ދާއިރާއިންވެސް އިންޑިއާ އިން އެހީތެރިވެދެމުން ގެންދާކަންވެސް މޯދީ ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން