ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ގަތުމުގެ ފުރުސަތާއިއެކު ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ ޕްރީ އޯޑަރ ހުޅުވާލައިފިއެވެ.
ސެމްސަންގް ނޯޓު 9 ގެ ޕްރީ އޯޑަރ މިއަދު ދިރާގުން ހުޅުވާލާފައިވާއިރު އެފޯނު ބައްލަވާގަންނަވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ފަސް ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
މީގެ އިތުރުން ދިރާގުން ބުނެފައިވަނީ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދޭ ގޮތަށް ލިމިޓެޑްކޮށް ފޯނަކާއިއެކު ބްލޫޓޫތު ސްޕީކަރެއް ވެސް ލިބޭނެ ކަމަށެވެ.
ދިރާގުން ޕްރީއޯޑަރ ކުރެވެން ހުރީ ސެމްސަންގް ގެލެކްސީ 9 ގެ މިޑްނައިޓް ބްލެކާއި އޯޝަން ބްލޫ އަދި މެޓަލިކް ކޮޕަރ މިތިން ކުލައިގެ ފޯނެވެ. އެގޮތުން 128 ޖީބީ އާއި 512 ޖީބީގެ ފޯނުވެސް ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ނޯޓު 9 ގެ 128 ޖީބީގެ ފޯނެއް 15،499 ރުފިޔާއަށް ވިއްކާއިރު 512 ޖީބީގެ ފޯނެއް ވިއްކަނީ 18،999 ރުފިޔާއަށެވެ.
މި ދެ ސައިޒުގެ ފޯނުވެސް، ފަސްޓް އިންސްޓޯލްމަންޓްގެ ގޮތުގައި 2999 ރުފިޔާ ދައްކައިގެން ދިރާގުގެ ޕޯސްޓްޕެއިޑް ކަސްްޓަމަރުންނަށް އިންސްޓޯލްމަންޓަށް ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. އެގޮތުން ފަސްޓް އިންސްޓޯލްމެންޓު ދެއްކުމަށްފަހު 128 ޖީބީގެ ފޯނަކަށް ދައްކަން ޖެހޭނީ މަހަކު 1،059 ރުފިޔާ ކަމަށާއި 512 ޖީބީގެ ފޯނެއް 1،359 ރުފިޔާއަށް ދޫކުރާނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.