ނޯވޭގައި ބޭންކް އިންޓަރެސްޓް ރޭޓް 0.5% އަށްވުރެ މަތިކުރަން ނިންމާފައިވާ ކަމަށް އެޤައުމުގެ މާލީ އިދާރާއިން ބުނެފިއެވެ.
ނޯޖްސް ބޭންކުން ބުނެފައިވަނީ ޤައުމުގެ އިޤްޠިޞާދީ ޙާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި އިންފްލޭޝަންވެސް ވަނީ އަތްފޯރާ ފަށުގައި ކޮންޓްރޯލުކުރެވިފައި ކަމަށެވެ. އެހެންކަމުން އަންނަ މަހު އިންޓަރެސްޓް ރޭޓު މައްޗަށް ޖައްސަން ނިންމާފައިވާ ކަމަށެވެ.
ނޯވޭގައި ބޭންކް އިންޓަރެސްޓް މިހައި ކުޑަކުރީ އިޤްޠިޞާދީ މައްސަލަތައް ހައްލުކޮށް ކުރިއެރުވުމަށެވެ. 0.5% ފަދަ ކުޑަ އިންޓެރެސްޓްގައި ލޯނު ލިބުމުން ވިޔަފާރިތަކަށް ވަނީ އެކަމުގެ ކުރިއެރުން ލިބިފައެވެ.