ވަޒީފާއަށް ކުރި އިންޓަރވިޔުގަ ސަލާން ނުކުރުމުން އިންޓަރވިޔު ކުރުކޮށްލިކަމުގެ ބަދަލަކަށް 4،350 ޑޮލަރު ދޭން ޖެހިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވަޒީފާއަށް ކުރި އިންޓަރވިޔުގަ ސަލާން ނުކުރުމުން އިންޓަރވިޔު ކުރުކޮށްލިކަމުގެ ބަދަލަކަށް 4،350 ޑޮލަރު ދޭން ޖެހިއްޖެ
ސްވިޑްންގައި ވަޒީފާއަށް ކުރިމަތިލުމުން ކުރި އިންޓަރވިޔުގައި ސަލާން ނުކުރުމުން އިންޓަރވިޔު ކުރުކޮށްލިކަމުގެ ބަދަލަކަށް 4،350 ޑޮލަރު ދޭން ކޯޓުން އަމުރުކޮށްފިއެވެ.

އިންޓަރވިޔުއަށް ދިއައިރު އޭނާ ހުރީ ބުރުގާ އަޅައިގެންނެވެ. އެހެންކަމުން މުސްލިމަކަށްވާތީ އިންޓަރވިޔު ކުރި މީހާ ބޭނުންވީ އަތުން ސަލާމް ކުރާށެވެ. ނަމަވެސް ހިލޭ ފިރިހެނަކަށްވުމުން ސަލާމް ނުކުރީއެވެ. ސަލާމް ނުކުރުމުން އިންޓަރިޔު ކުރުކޮށްލައި އޭނާއަށް ވަޒީފާ ނުދިނީއެވެ.

އަންހެން މީހާ ކޯޓަށް ދިއައީ ދީނީ އަދި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށެވެ. އެހެން ދީނެއްގެ އަންހެނަކު ނަމަ ސަލާންކުރަން ނުއުޅޭއިރު ގަދަކަމުން އޭނާ އާ ސަލާންކުރަން ނުޖެހޭނެ ކަމަށް ބުނެއެވެ. އިންޓަރވިޔުކުރާއިރު އަތާއަތް ޖޯޑުކޮށް ސަލާން ކުރުމަކީ ކުރަންޖެހޭ ކަމެއް ވެސް ނޫން ކަމަށް ބުނެއެވެ.

އޭނާ ކޯޓުގައި ބުނީ އިނގިރޭސި ރާނީވެސް އަތާއަތްޖޯޑުކޮށް ސަލާންކުރަނީ އެކަމަނާ ބޭނުންފުޅުވާ މީހަކާ ކަމަށްވާއިރު އެ ހައްޤު އެންމެންނަށްވެސް ލިބެންޖެހޭނެ ކަމަށެވެ.

އަންހެން މީހާގެ ހިއްވަރަށް ގިނަބައަކު ދަނީ ތައްރީފްކުރަމުންނެވެ.
މިއަދު އޮންލައިން