އދ. ގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް، ކޯފީ އަންނާނު އުމުރުން 80 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
އދ. ގެ ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމު ކޯފީ އަންނާނު ފުރުއްވާފައިވަނީ 1997 ވަނަ އަހަރުން 2006 ވަނަ އަހަރާއި ހަމައަށެވެ.
މަރުވިއިރު އޭނާ ހުންނެވީ 2007 ވަނަ އަހަރު އުފައްދާފައިވާ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ކުރީގެ ލީޑަރުންގެ ޖަމިއްޔާގެ ޗެއާމަން ކަމުގެ މަގާމުގައެވެ.
ދުނިޔޭގައި ސުލްޙަވެރިކަން ޤާއިމުކުރުމަށް ކޯފީ އަންނާނު ކުރެއްވި މަސައްކަތްތައް ފާހަގަކޮށް 2001 ވަނަ އަހަރު އޭނާއަށް ވަނީ ނޯބެލް ޕީސް ޕްރައިޒް ވެސް ދެއްވާފައެވެ.