އަސަރުން ފުރިގެންވާ ވީޑިއޯއެއް: ޢީދު އުފާ ޙާޞިލުކުރަމުން ގެންދާއިރު ޔަހޫދީ ޖަލުތަކުގައި ތިބި 5 އަހަރުގެ ކުޑަކުދިންނަށްޓަކައިވެސް ހެޔޮ ދުޢާކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަސަރުން ފުރިގެންވާ ވީޑިއޯއެއް: ޢީދު އުފާ ޙާޞިލުކުރަމުން ގެންދާއިރު ޔަހޫދީ ޖަލުތަކުގައި ތިބި 5 އަހަރުގެ ކުޑަކުދިންނަށްޓަކައިވެސް ހެޔޮ ދުޢާކޮށްދެއްވާ!
ޢީދު އުފާ ޙާޞިލުކުރަމުން ގެންދާއިރު އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ޖަލުތަކުގައި ތިބި އުމުރުން އެންމެ 5 އަހަރުގެ ކުޑަކުދިންނަށްޓަކައިވެސް ހެޔޮ ދުޢާކޮށްދެއްވާށެވެ.

ޚަބަރުގައިވާ ޓްވީޓުގައިވާ ވީޑިއޯއިން އެފެންނަ އަނިޔާވެރި މަންޒަރަކީ ކޮންމެ ދުވަހަކު ފަލަސްޠީނުގައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއިން މަންޒަރެކެވެ. ކިތަންމެ ދުރުގައި ތިބި ނަމަވެސް ދެއަތް އުފުލާލައި ދުޢާ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

އަނިޔާވެރި ގޮތުގައި ހައްޔަރުކޮށް، ޝަރީއަތް ފުރިހަމަ ނުކޮށް އިންޞާފު ނުދީ ރާއްޖޭގެ ޖަލުތަކުގައި ތިބީ ކުޑަކުދިންނެއް ނޫނެވެ. އެކުދިންގެ ބައްޕައިންނެވެ. އެމީހުންނަށްޓަކައި ވެސް ހެޔޮ ދުޢާކޮށްދެއްވާށެވެ!




މިއަދު އޮންލައިން