14 ދުވަސްވީ ކުއްޖަކު މަގުމަތީގައި ހުރި ކަރުދާސް ފޮށިގަނޑަކުން ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
14 ދުވަސްވީ ކުއްޖަކު މަގުމަތީގައި ހުރި ކަރުދާސް ފޮށިގަނޑަކުން ފެނިއްޖެ
ވިހެއިތާ އެންމެ 14 ދުވަސްވީ އަންހެން ކުއްޖަކު މަގުމަތީގައި ހުރި ކަރުދާސްފޮށިގަނޑެއްގެ ތެރެއިން ފެނިއްޖެއެވެ.

ސައިކަލެއްގައި ދިއަ މީހަކަށް ފޮށިގަނޑުން ކުއްޖަކު ހަރަކާތްކުރާ ކަމަށް ޝައްކުވެގެން ބެލިއިރު ކުއްޖާ އޮތީ ފިޔާތޮށިކުލައިގެ ރަޖައަކަށް ލައިފައެވެ. އިތުރަށް ފޮށިގަނޑު އޮތީ ކިރު ހުރި ބުއްފުޅިއަކާއި ލިޔެފައިވާ ނޯޓެކެވެ. އެ ނޯޓުގައި އޮތީ މިއީ މިމަހުގެ 4 ވަނަ ދުވަހު ވިހާފައިވާ ކުއްޖެއް ކަމަށެވެ.

ފުލުހުންގެ ބެލުމުގެދަށުން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނީ ކުއްޖާގެ ޙާލު ރަނގަޅު ކަމަށެވެ. ކުއްޖާ މިހާރު ވަނީ އެފަދަ ކުދިން ބަލަހައްޓާ ތަނަކަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ކުއްޖާގެ މަންމަ ފެނޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ދެކުނުގެ އަވަށެއްގައެވެ.

މިއަދު އޮންލައިން