ކެރަލާ ފެންބޮޑުވުން އިތުރު ބިރުވެރިކަމަކަށް - ގެތަކުގަ ހަރުފަތައް ފުރި ބާރުވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކެރަލާ ފެންބޮޑުވުން އިތުރު ބިރުވެރިކަމަކަށް - ގެތަކުގަ ހަރުފަތައް ފުރި ބާރުވެފަ!
އިންޑިއާގެ ކެރަލާ ސްޓޭޓަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަށް ލުއިކަމެއް ލިބުނުއިރު ފެންބޮޑުވި ސަރަހައްދުގައި ހުރި ގެތަކަށް ވަނުން ވެފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމަކަށެވެ. ގެތައް ވަނީ ހަރުފަތަކުން ފުރިބާރުވެފައެވެ.

އެއްގެއެއްގެ މީހުން އެމީހުންގެ ގެއަށް ވަންނަން ބަލައިލިއިރު ފެނުނީ ބޮޑެތި ހަރުފަތަކުގެ ފުންޏެކެވެ. އެގެއަށް ވަދެވުނީ 35 ހަރުފަ މަރާލައިގެންނެވެ. ބެލެވޭ ގޮތުން ހަރުފަތައް ގޭގެއަށް ވަދެފައިވަނީ ފެންބޮޑުވުން ސަލާމަތްވުމަށެވެ.

ތަޖުރިބާ ކާރުން ބުނަނީ ގެތަކަށް ވަނުމުގެ ކުރިން ވަރަށް ރަނގަޅަށް ގެތައް ބަލައި ފާސްކުރަންޖެހޭނެ ކަމަށެވެ. ނޫން ނަމަ ފިލާ އޮވެފައި ނުކުމެ ކޮންމެ ފަދަ ހަމަލާއެއްވެސް ދީފާނެ ކަމަށެވެ.

ސްޓޭޓްގެ ފެން ބޮޑުވި ސަރަހައްދުތަކުގެ ދަނޑުތައް މުޅިންހެން ހަލާކުވެފައިވާއިރު މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްކަމަކީ ސަލާމަތް ކުރެވުނު ގެރި ބަކަރިކޮޅު ގެންގުޅެވޭނެ ގޮތެއް އަދިވެސް ފެންނަން ނެތުމެވެ.

މިކާރިސާގައި ގެދޮރު ގެއްލިގެން 3274 ކޭމްޕުތަކުގައި ތިބި މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކަށްވުރެ އިތުރުވެފައެވެ. މަރުވި މީހުންގެ ރަސްމީ އަދަދު ވަނީ 400 އަށް އަރައިފައެވެ.

މިއީ ކެރަލާއަށް ފާއިތުވި 100 އަހަރުތެރޭގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން