އަރަފާތު ބިމުގަ އުފަންވި ''ވަދާ'' ގިނަބައެއްގެ ސަމާލުކަމަށް!'

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަރަފާތު ބިމުގަ އުފަންވި ''ވަދާ'' ގިނަބައެއްގެ ސަމާލުކަމަށް!'
ޢަރަފާތު ދުވަހު ޢަރަފާތުގެ "ޖަބަލް އަލް-ރަޙްމާ" ހޮސްޕިޓަލުގައި އުފަންވި ފިރިހެން ކުއްޖާއަށް ދީފައިވާ ނަމަކީ "ވަދާ" އެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ އުރުދުންގެ އަންހެނަކު ވިހޭ ދަރިފުޅުގެ ޙާލު ރަނގަޅު ކަމަށެވެ. އަދި މަންމަގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދުވަސްތަކުގެ ތެރެއިން މާތްކަން އެންްމެ އިތުރުވެގެންވާ އަރަފާތު ދުވަހު ފިރިހެން ކުއްޖަކު އުފަންވުމުން ގިނަ ބައަކު ދަނީ އެއީ މާތް ކުއްޖެއްކަމަށް ބުނެ ކުއްޖާއަށްޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ.

ދީނީ އިލްމުވެރިން ވިދާޅުވަނީ ކުދިން އުފަންވާ ދުވަހާއި ތަނާއި އެއީ މުހިންމު ކަންކަން ނޫން ކަމަށެވެ. ނަމަވެސް ކުއްޖަކު އުފަންވުމުން ހެޔޮ ދުޢާ ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.
މިއަދު އޮންލައިން