ޑޭވިޑް ބެކަމް ބާރު ސްޕީޑްގައި ކާރު ދުއްވައިގެން ކޯޓަށް ހާޒިރުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޑޭވިޑް ބެކަމް ބާރު ސްޕީޑްގައި ކާރު ދުއްވައިގެން ކޯޓަށް ހާޒިރުކުރަނީ
މަޝްހޫރު ފުޓްބޯޅަތަރި ޑޭވިޑް ބެކަމް ހުއްދަ އޮންނަ ވަރަށްވުރެ ބާރު ސްޕީޑްގައި ކާރު ދުއްވައިގެން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޑޭވިޑް ބެކަމްގެ ކޯޓަށް ހާޒިރުކުރަނީ ގަޑިއަކު 40 ކިލޯ މީޓަރު ބާރު މިނިގައި ދުއްވަންޖެހޭ ސަރަހައްދެއްގައި 59 ކިލޯމީޓަރު ބާރު މިނުގައި ދުއްވައިގެންނެވެ. ފުލުހުންގެ ކެމެރާތަކަށް ސްޕީޑް ރެކޯޑް ކުރެވިފައިވީނަމަވެސް ޑޭވިޑް ބެކަމް ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. ބެކަމް ބުނީ އޭނާ އެ ސްޕީޑްގައި އެސަރަހއްދުގައި ނުދުއްވާ ކަމަށާއި އެ ސްޕީޑްގައި ދުއްވީ ހުއްދަ ސަރަހައްދެއްގައި ކަމަށެވެ.

ޑޭވިޑް ބެކަމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ލައިސަންސް ހިފެހެއްތިދާނެއެވެ. ޖުރުމަނާވެސް ކުރެވިދާނެއެވެ. މިއީ އޭނާގެ މައްޗަށް މިފަދަ މައްސަލައެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
މިއަދު އޮންލައިން