ގެއަށް ވަންނަން އައިއިރު ގޭގެ ދޮރުމަތީގައި އިށީނދެލައިގެން މަންމަ އިނުމުން މަންމަގެ ބޯކަނޑާލައި ބޯހިފައިގެން ފިލަން އުޅުނު މީހަކު އިންޑިއާގެ ޖަރްޚަންދު، ދުމްކާ އަވަށުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަވަށުގެ މީހުން އޭނާ ހިފެހެއްޓުމަށްފަހު ގޮސް ބެލިއިރު ބޯ އޮތީ ފޮތިތަކަކަށްލައި އޮޅާލާފައި ކޮތަޅަކަށްލާފައި ކަމަށެވެ. އަދި ގޭދޮރުމަތީގައި މަންމަގެ ހަށިގަނޑު އޮތް ކަމަށެވެ.
ފުލުހުން ބުނީ އޭނާއަކީ ޢާންމުކޮށް ބަނގުރާ ބޮއި މަސްތުވެގެން ހުންނަ މީހެއް ކަމަށާއި އެއިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.