ސްކޫލެއް ހިންގާ ބިމެއް ފޭރިގަތުން ހުއްޓުވައިދޭނެ ފަރާތެއް ނުވުމުން މަޖިލިސްކުރާގޭ ކުރިމަތީގަ ހަށިގަނޑު އަންދާލަން އުޅެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ސްކޫލެއް ހިންގާ ބިމެއް ފޭރިގަތުން ހުއްޓުވައިދޭނެ ފަރާތެއް ނުވުމުން މަޖިލިސްކުރާގޭ ކުރިމަތީގަ ހަށިގަނޑު އަންދާލަން އުޅެފި
ސްކޫލެއް ހިންގާ ބިމެއް ފޭރިގަތުން ހުއްޓުވައިދޭނެ ފަރާތެއް ނުވުމުން އިންޑިއާގެ ލަކްނޫގެ މަޖިލިސްކުރާގޭ ކުރިމަތީގައި އަމިއްލަ ހަށިގަނޑުގައި އަލިފާން ރޯކޮށްގެން އަންދާލަން އުޅެފިއެވެ.

އޭނާ ބުނީ ސްކޫލަކީ އޭނާގެ ބައްޕަގެ ތަނެއް ކަމަށާއި ސްކޫލް ހިންގަނީ ދެބަފައިން ކަމަށެވެ. "ކޮންމެ ދުވަހަކުހެން ގުންޑާއިންގެ ބައަކު އަންގަނީ ސްކޫލް ބަންދުކޮށް އެމީހުންނަށް ދޭން. ކޮންމެ ދުވަހަކު ބިރުދައްކަނީ. މައްސަލަ ހިފައިގެން ހުރިހާ ތަނަކަށް ދެވިއްޖެ. އަޅައިލާނެ ބައަކު ނުވި. ފުލުހުންވެސް އަޅައެއް ނުލި. ޗީފް މިނިސްޓަރާ ބައްދަލުކުރަން އުޅެ އެކަމެއްވެސް ނުވި."

ފުލުހުން އޭނާ ސަލާމަތްކުރީ ހަށިގަނޑަށް ކަރާސީނު ތެޔޮ އެޅުމަށްފަހު ރޯކޮށްލަން އުޅުނު ވަގުތުއެވެ. ބީޖޭޕީގެ އިސްމީހަކު ރޭޕްކުރި އަންހެނެއްގެ ޝަކުވާ ފުލުހުން ބަލައި ނުގަތުމުން ވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރީ ހަމަ އެތަނުގައި އަންހެނަކު އޭނާގެ ހަށިގަނޑު އަންދާލަން ވަނީ މަސައްކަތްކޮށްފައެވެ.
މިއަދު އޮންލައިން