ބައެއް ފަރާތްތަކަށް ޒުވާން އުމުރުގައި އެމަތިވެރި އަޅުކަން ކުރުމުގެ ފުރުސަތު ލިބޭއިރު، އަނެއް ބަޔަކަށް އެހެން މީހެއްގެ ނުވަތަ ބައެއްގެ ދީލަތި އެހީގެ ދަށުން އެފުރުސަތު ލިބެއެވެ. އަދި އަނެއް ބަޔަކު އެފުރުސަތު ހޯދަނީ އަމިއްލަ ބުރަ މަސައްކަތުން ދާއޮހޮރުވައިގެނެވެ.
މިމީހާއަކީ ވެސް އެފަދަ މީހެކެވެ. އަދި އާޚިރުގައި އޭނާއަށް އެކަމުގެ ފޮނި ނަތީޖާވެސް މާތް ﷲ މިންވަރު ކުރެއްވެވިއެވެ.
ޕާކިސްތާނަށް ނިސްބަތްވާ މިމީހާއަށް ލިބެމުން ދިޔަ އާމްދަނީ، އޭނާ 43 އަހަރުވަންދެން ރައްކައުކުރީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ، ޙައްޖުވުމަށްފަހު މައްކާގައި އިޙުރާމް ހެދުމުގައި އޮއްވައެވެ.
ޕާކިސްތާނުގެ އެމީހާއަކީ ކާކުކަން އަދި އެއްވެސް މީޑިއާއެއްގައި ހާމަކޮށްފައި ނުވި ނަމަވެސް، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް އޭނާ ކުރި ބުރަ މަސައްކަތުގެ ވާހަކަ ޙިއްސާ ކޮށްފައިވެއެވެ.
ފަގީރު ޙަޔާތެއް ވޭތުކުރަމުން ދިޔަ އެމީހާ، އޭނާއަށް ލިބިފައިވި ހަމައެކަނި ބިންކޮޅު އޭނާގެ ރަޙުމަތްތެރިއަަކަށް ވިއްކާލިއެވެ. އަދި އެއަށްފަހު އެބިމުގައި ހެދި ގޮވާން ދަނޑުގައި މަސައްކަތު މީހެއް ގޮތުގައި އޭނާ ބުރަ މަސައްކަތް ކުރިއެވެ. އޭނާގެ ނިޔަތަކަަށްވީ، ލިބޭ ފައިސާކޮޅު އެއްކޮށްގެން ޙައްޖަށް ދިޔުމެވެ. އެކަން އޭނާ ހާސިލްވެސް ކުރިއެވެ.
ބިން ވިއްކައިގެންނާއި އެބިމުގައި ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ލިބުނު ފައިސާ 43 އަހަރު ވަންދެން އެއްކުރަމުން ގެންދިޔުމަށްފަހު، މިއަހަރު އޭނާ ޙައްޖަށް ދިޔައެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު، މިދުނިޔެ ދޫކޮށް މާތް ﷲ ގެ ޙަޟްރަތަށް އޭނާ ދަތުރުކުރީ އިޙްރާމް ބަނދެގެން ކަނާތް ފަރާތަށް އެނބުރިގެން އޮށްވައެވެ.
“This is a Pakistani pilgrim who spent 43 years saving money to perform the Hajj. He sold his farm and then worked at it for a salary after he’d been its owner. He was found here lying on his right side after his soul had returned to its Lord in the purest place in the world.” https://t.co/xwWUXEM6eH
— Mohamed Ghilan (@MohamedGhilan) August 26, 2018
هذاحاجباكستانيله 43 سنةيجمعالماللأجلأنيحج،وباعمزرعتةثماشتغلفلاحفيهابأجربعدأنكانمالكا" لهاليحجلبيتالله