ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ފަރާތް ކަމަށްވާ ދިރާގާއި ސެމްސަންގް ކުންފުނި ކުޅިގެން، ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ރާއްޖެއަށް ތަޢާރަފް ކުރަން ނިންމައިފިއެވެ.
މިކަމަށްޓަކައި ޚާއްސަކޮށްގެން ދިރާގުގެ ހެޑް އޮފީހުގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި، އެކުންފުނި މެދެވެރިކޮށް ސެމްސަންގ ނޯޓު 9 ފޯނަށް ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް އެފޯނުތައް ހަވާލު ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ސެމްސަންގ ނޯޓް 9 ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރީ އޯޑަރ ކުރި ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން އެކަސްޓަމަރަކާއި އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާއެކު ފޯނުތައް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މީގެއިތުރުން ދިރާގުން ބުނިގޮތުގައި، އެކުންފުނި މެދުވެރިކޮށް ޕްރީ އޯޑަރ ކޮށްގެން ސެމްސަންގް ނޯޓް 9 ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި އޭކޭޖީ ބްރޭންޑުގެ ބްލޫޓޫތު ސްޕީކަރެއް ވެސް ލިބިގެން ދާނެއެވެ.
ސެމްސަންގުން އުފައްދާފައިވާ އެންމެ ފަހުގެ މިފޯނު، އަމިއްލައަށް ޓެސްޓު ކުރުމުގެ އިންތިޒާމު މިހާރު ދިރާގު ހެެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރުގައި ހަމަޖެހިފައިވާ ކަމަަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.