ސެމްސަންގް ނޯޓް ސީރީޒްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ސެމްސަންގް ނޯޓް 9، ރާއްޖޭގައި މުޅިން އަލަށް ދިރާގުން ވިއްކަން ފަށައިފިއެވެ.
އެކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިި، ސެމްސަންގް ނޯޓް 9 ގަތުމަށް މީގެ ކުރިން ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ފޯނު ހަވާލު ކޮށްފައިވެއެވެ.
ގިނަ ބަޔަކު އެސަރަޙައްދުގައި ފޯނު ގަތުމަށް ކިޔު ހަދާފައިވާއިރު، ފޯނު ވިއްކަން ފަށާފައިވަނީ ފޯރިގަދަ ކައުންޓްޑައުނަކާއެކު އެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި، އެކުންފުނިން ސެމްސަންގް ނޯޓް 9 ގަތުމަށް ޕްރީ އޯޑަރ ކުރި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާއާއި އޭކޭޖީ ބްރޭންޑުގެ ބްލޫޓޫތު ސްޕީކަރެއް ހިލޭ ލިބިގެންދާނެއެވެ.
މިރޭގެ އެފޯރިގަދަ ރަސްމިއްޔާތުގައި ސެމްސަންގް ކުންފުނީގެ ފަރާތުން ބައިވެރިވީ, އެކުންފުނީގެ ޑިރެކްޓަރ އޮފް މޮބައިލްސް ވައިކޭ އަންގް އާއި ކީ އެކައުންތް މެނޭޖަރ ރިޒްމީ ޖަމާލުއްދީން އެވެ. ދިރާގުގެ ފަރާތން އެފޯނު ރާއްޖެއަށް ތަޢާރަފް ކޮށްދެއްވީ އެކުންފުނީގެ ސީނިއަރ މެނޭޖަރ މުޙައްމަދު މިރްޝާން ޙަސަން އެވެ.
ސ