އުރީދޫ އާއި ސެމްސަންގ ގުޅިގެން ޚާއްސަ ހަފްލާއެއް ބާއްވައި ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. ލައިވް މިއުޒިކް ޝޯ އަކާއިއެކު މިރޭ ކުރިއަށްގެންގޮސްފައިވާ މި ހަފްލާގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން، އަދި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރ އަދި ހެޑް އޮފް މޮބައިލް ބިޒްނަސްއާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެލެއްވިއެވެ.
ދުނިޔޭގައި ތައާރަފްކޮށްފައިވާ އެންމެ ބާރުގަދަ އެންޑްރޮއިޑް ފޯން ކަމަށް ގިނަބައަކު ޤަބޫލުކުރާ، ސެމްސަންގ ނޯޓް 9 ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. 6 މަސް ދުވަހަށް ނުވަތަ 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު 5 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެއެވެ.
އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ "އުރީދޫއާއި އެއްފަދައިން ދިވެހިންނަކީވެސް އައު ޓެކްނޮލޮޖީތަކާއި އީޖާދީ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށް ވުމީ، އުރީދޫ އަށް ލިބިފައިވާ ވަރަށްވެސް ބޮޑު އުފަލެއް އަދި ނަސީބެއް. މިކަމަކީ، އެއްދުވަހުން އަނެއްދުވަހަށް ކުންފުނި ކުރިއަރުވައި، ބައިނަލްއަޤްވާމީ މާކެޓުތަކުގައި ތައާރަފްކުރާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތައްވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. ސެމްސަންގް އާއި އެކު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ލޯންޗުކޮށް، މި ފޯނު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ޚާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ، ރާއްޖޭގެ އަދި ބޭރުގެ ޕާޓްނަރުންނާއި ގުޅިގެން، ދިވެހިރާއްޖެއަށް ފައިދާކުރާނެ އަދި ދިވެހިން ބޭނުންވާފަދަ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް." ކަމަށެވެ.
އެންމެ 1،999 ރފ.ގެ އަޕްފްރަންޓް ފީ އަކާއި އެކު އުރީދޫ ޕޯސްޓްޕެއިޑް ބޭނުންކުރައްވާ ނުވަތަ ޚިޔާރުކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް މި އިންސްޓޯލްމަންޓް ޕެކޭޖް ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/note9 އަށް ޒިޔާރަތް ކުރުމަށް އރީދޫން ވަނީ އެދިފައެވެ.