އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޯލާސްގެ އެސިސްޓެންޓް ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި ސަލްމާން އަލް-އަވްދާ ހައްޔަރުކުރިތާ މިހާރު ވަނީ އެއް އަހަރު ވެފައެވެ. އޭނާގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދައުލަތުގެ ވަކީލުން މިއަދު ކޯޓުގައި ސަލްމާން އަލް-އަވްދާ އަށް މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ނުފޫޒުން ކަމަށެވެ.
ސައުދި ސަރުކާރުން ވަނީ އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޯލާސް އަކީ ޓެރަރިސްޓުންގެ ޖަމާއަތެއް ކަމަށް ލިސްޓް ކޮށްފައެވެ.
Salman al-Awdah was arrested for daring to call for reconciliation with Qatarhttps://t.co/B0M5xhpgdi
— The New Arab (@The_NewArab) January 8, 2018