އުރީދޫ ޕޯސްޓްޕެއިޑް ދިގު މުއްދަތަކަށް ޚިޔާރުކުރައްވާނަމަ އާއި ހަމައަށް ޑިސްކައުންޓް ފޯރުކޮށްދިނުމާއި އެކު، ރާއްޖެއަށް އަނެއްކާވެސް ވަރަށް ތަފާތު ޚިދުމަތެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.
މި ޚިދުމަތާއި ގުޅިގެން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އަދި ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އައު އަދި އީޖާދީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް ކަމަށާއި މިގޮތުން، ދިގު މުއްދަތަށް އުރީދޫގެ ޚިދުމަތްތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތައް ދެވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
އުރީދޫން ވަނީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހަދައި، އުރީދޫގެ އެންމެ މަގްބޫލް ޕޯސްޓްޕެއިޓް ޕެކޭޖުތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ދެ އަހަރުގެ ކޮންޓްރެކްޓް ޕްލޭނަށް 15 ޕަސެންޓް ޑިސްކައުންޓެއް ދެ އެވެ. އަދި އެއް އަހަރުގެ ކޮންޓްރެކްޓް ޕްލޭނަށް ދިހަ ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ. އެ ޑިސްކައުންޓްތައް ލިބެނީ އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނަށެވެ.
އެ ކުންފުނިން ވަނީ ކިޔަވާ ކުދިންނަށް ވަރަށް ހާއްސަ އޮފައެއް ވެސް ތައާރަފްކޮށްފަ އެވެ. މިގޮތުން، ހަ މަސް ދުވަހުގެ ކޮންޓްރެކްޓަކާއެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ހިޔާރުކުރުމުން، މަހުފީން ފަސް ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.
އުރީދުން ބުނީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ޚިދުމަތް ބޭނުންވާ ބޭފުޅުން، އެންމެ ކައިރީގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ވަޑައިގަންނަވާށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫ ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް އުރީދޫ އިން ވަނީ އެދިފައެވެ.