ޒެމްބިއާގެ މައި އެއާޕޯޓް ކަމަށްވާ ކެނެތް ކައުޑާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރަން ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނު އަނބުރާ ނުދެއްކުމާއި ގުޅިގެން ޗައިނާއިން މިހާރުވަނީ އެއާޕޯޓް ހިންގުން ޗައިނާ އާއި ހަވާލުކުރުމަށް ހުށަހަޅާފައި ކަމަށް ނޫސްތަކުގައި ބުނެއެވެ.
"ކެކިކެކި ހުރި ހޫނު ފެން އެއްޗަކަށް ބޮކެއް ލައިފި ނަމަ ފުރަތަމަ ފުމޭނެ. ދެން ހޫނު ފެނުގެ ހޫނު މިނާ އެއްވަރަށް ގައިގެ ކުލަ ބަދަލުކޮށް ހޫނު ފެނުގަ އޮންނަން މަސައްކަތްކުރާނެ. އެކަމަކު ހިފަހައްޓައެއް ނުލެވޭނެ. އެންމެފަހުން މަރުވާނީ." ކަމަށާއި ޗައިނާއިން ލޯނު ނެގުމަކީ މިފަދަ ކަމެއް ކަމަށް ބައެއް ނޫސްތަކުގައި ވަނީ ލިޔެފައެވެ.
ލޯނު ނުދެއްކިގެން ޗައިނާއިން މިފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް ޗައިނާއިން ގެންދަނީ ވަރަށް ދީލަތި ގޮތެއްގައި އެފްރިކާގެ ޤައުމުތަކަށް އެހީތެރިވެދީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކަށް ލޯނު ދެމުންނެވެ. އަދި ޤައުމުތަކުގެ އިޤްޠިޞާދު ރަނގަޅު ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޗައިނާއިން މިހާރުވެސް ވަނީ އެފްރިކާގެ ޤައުމުތަކުގެ ތަރައްޤީއަށް 60 ބިލިއަން ޑޮލަރު ހޭދަކުރާނެކަން ހާމަކޮށްފައެވެ.
ގުޅުންހުރި ލިޔުން:
China to take over Zambian international Airport for debt repayment default
— Entrepreneur Zone (@SayEntrepreneur) September 8, 2018