ގުރުއަތުލައިގެން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ގުރުއަތުލައިގެން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި
ސާފް ޗެޕްމިއަންޝިޕް 2018 ގެ ގްރޫޕް ބީ ގެ ފަހު މެޗުން އިންޑިއާ އާއި ވާދަކޮށް ބަލިވި ނަމަވެސް، ގުރުއަތުލައިގެން ރާއްޖޭގެ ޤައުމީ ޓީމު އެމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އިންޑިއާއިން ވަނީ ދެ ލަނޑު ޖަހާ ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ. އެނަތީޖާ ބަދަލު ކޮށްލުމަށް ދިވެހި ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

މިރޭގެ މެޗުން ވެސް މޮޅުވެގެން 6 ޕޮއިންޓާއެކު އިންޑިއާ ސެމީގެ ޖާގައެއް ހޯދިއިރު ގްރޫޕް ބީގެ ދެވަނަ ދެވަނަ ޓީމުގެ ގޮތުގައި ގުރުއަތުލައިގެން ރާއްޖެ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

ސެމީ ފައިނަލް ގައި ވާދަ ކުރަނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ޕާކިސްތާނެވެ.
މިއަދު އޮންލައިން