މައްކާއަށް ފުލުފުލުގަ ކޯފާ - ހޮނިހިރު ދުވަހު ޙަރަމްފުޅާ ދާދިގާތަށް ހޮނުއެޅުމުން ގިނަބައަކަށް ސިހުން ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މައްކާއަށް ފުލުފުލުގަ ކޯފާ - ހޮނިހިރު ދުވަހު ޙަރަމްފުޅާ ދާދިގާތަށް ހޮނުއެޅުމުން ގިނަބައަކަށް ސިހުން ލިބިއްޖެ
މައްކާއަށް ﷲ ތަޢާލާގެ ކޯފާ، ޠޫފާންތައް ފުލުފުލުގައި ފޮނުއްވަވަން ފެށްޓެވުމުން ގިނަ ބައަކު ވަނީ އެކަމާއިމެދު ކަންބޮޑުވެފައެވެ.

ވިއްސާރަ އާއި ވެލީގެ ޠޫފާނެއް އެރީ ދާދި އިހަށް ދުވަހުއެވެ. މިދިއަ ހޮނިހިރު ދުވަހު ވަނީ މައްކާގެ ގިނަ ސަރަހައްދުތަކަކަށް ހޮނުއަޅައިފައެވެ. ޙަރަމްފުޅާއި ދާދި ގާތުގައި ހުރި އުސް ގަޑިބިނާއަށްވެސް ވަނީ ހޮނު އަޅައިފައެވެ.



މިކަމާއި ގުޅިގެން އަރަބި ގިނަ ނޫސްތަކެއްގައި ގެންދަނީ ތަފާތު ލިޔުންތައް ލިޔަމުންނެވެ. ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ސަރުކާރުގެ ނުފޫޒު ފޯރުވޭ ނޫސްތަކުގައި ޚަބަރު ލިޔަނީ ފޮޓޯނެގި ފޮޓޮގްރާފަރުންނަށް ތައުރީފް ކުރަމުންނެވެ. އެ ނޫން ނޫސްތަކުގައި ލިޔަމުން ގެންދަނީ ﷲ ތަޢާލާގެ ކޯފާ ފުލުފުލުގައި އަންނަމުންދާ ސަބަބާއިމެދު ސުވާލު އުފައްދަމުންނެވެ.



މައްކާއަކީ މުސްލިމުންގެ އެންމެ މުޤައްދިސް ބިމެވެ. އެބިމަކަށް ކީރިތި ޤްރްޢާން ބާވައިލެއްވެވި ބިމެވެ. މާތްވެގެންވާ ޙަރަމްފުޅާއި މުސްލިމުންގެ ތާރީޚާއި ގުޅިފައިވާ އެންމެ މުހިންމު ގިނަ ބިނާތައް ހުރި ބިމެވެ. މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި އިންސާނާ، މުޙައްމަދު (ޞޢވ) ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ މަތިވެރި ޝަރަފު ލިިބިފައިވާ ބިމެވެ.
މިއަދު އޮންލައިން