ސަރަހައްދީ ޗެމްޕިއަންކަން މިފަހަރު ރާއްޖެއަށް! އައްސަރިބަހާ ސާބަސް!

ކިޔުމަށް ހޭދަވާނީ 40ސ
ސަރަހައްދީ ޗެމްޕިއަންކަން މިފަހަރު ރާއްޖެއަށް! އައްސަރިބަހާ ސާބަސް!
މިސަރަޙައްދުގެ އެންމެ ބާރުގަދަ ޓީމު ކަމަށް ދައުވާ ކުރާ އިންޑިއާ އަތުން މޮޅުވެ، ސާފް ސުޒުކީ ޗެމްޕިއަންޝިޕް 2018 ގެ ތަށި ރާއްޖެ އުފުލާލައިފިއެވެ.

އިންޑިއާ ބަލިކޮށް 2-1 ން ރާއްޖެ ޗެމްޕިއަންކަން ހޯދިއިރު، މީގެ 10 އަހަރު ކުރިން ވެސް ރާއްޖެ ވަނީ އެޝަރަފު ހޯދާފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ނަތީޖާތައް ދަށްވެ ގުރުލައިގެން ސެމީ ފައިނަލަށް ރާއްޖެ ދިޔުމުން، އެތައް ބައެއްގެ ފާޑު ކިޔުން ޤައުމީ ޓީމަށް އަމާޒުވިއެވެ.

ނަމަވެސް ސެމީ ފައިނަލުގައި 3-0 އަކުން ނޭޕާލް ބަލިކޮށް ފައިނަލާއި ހަމައަށް ރާއްޖޭގެ ޤައުމީ ޓީމު ދަތުރުކުރީ ފަޚުރުވެރިކަމާއެކު ގައެވެ. ސެމީ ފައިނަލުގައި ދެއްކި ރޫހު މިރޭ ކުޅުނު ފައިނަލް މެޗުގައި ވެސް ރާއްޖެ ވަނީ ދައްކާލާފައެވެ.
މިއަދު އޮންލައިން