އަނބިމީހާގެ ލޯބިވެރިޔާ ބަޑިޖަހައި ފިރިމީހާ މަރާލައިފިއެވެ. އިންޑިއާގެ އުއްތަރު ޕްރެދޭޝްގައި ހިންގި މިހާދިސާގައި ބަޑިޖަހައި މަރާލާފައިވަނީ ސަމާޖްވާދީ ޕާޓީގެ ލީޑަރު އުމުރުން 35 އަހަރުގެ ޖަގްދިޝް މާލީއެވެ.
ފުލުހުން ބުނީ މިއަދު ހިނގި ހަމަ ނުޖެހުމެއްގައި ޖަގްދިޝް އާއި އޭނާގެ އަންބިމީހާގެ ލޯބިވެރިޔާ ދިލިޕް އާއި ދެމީހުން ތަޅާފޮޅައިގަތީއެވެ. އަދި އެތަޅާފޮޅުމުގެ ތެރެއިން ދިލިޕް ބަޑިޖަހައި ޖަގްދިޝް މަރައިލީއެވެ.
ފުލުހުން ބުނީ ދިލިޕް ފިލާފައިވާ ކަމަށާއި އޭނާ ހޯދަމުން ގެންދާ ކަމަށެވެ. އަދި ޖަގްދިޝްގެ އަނބިމީހާ މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.