48 ގަޑިއިރު ތެރޭގައި ދިރާގު ރޯޑް ރޭސްގެ ހުރިހާ ޖާގައެއް ފުރިއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
48 ގަޑިއިރު ތެރޭގައި ދިރާގު ރޯޑް ރޭސްގެ ހުރިހާ ޖާގައެއް ފުރިއްޖެ
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތްދޭ ފަރާތް ކަމުގައިވާ ދިރާގުުން ކޮންމެ އަހަރަކުވެސް އިންތިޒާމް ކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި މިއަހަރު ބައިވެރިވާން ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ނުވަނީސް ހުރިހާ ޖާގައެއް ފުރިއްޖެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، ދިރާގުން މިފަހަރުވަނީ ރޯޑް ރޭހުގައި ބައިވެރި ވުމުގެ ޖާގަ 3000 ން 4000 އަށް އިތުރު ކޮށްފައެވެ.

2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވަމުން ގެންދާ މިރޭހުގެ މާޒީގައިވެސް، މިފަދަ ބޮޑު ތަރުހީބެއް ލިބިފައި ނުވާ ކަމަށާއި މިދިޔަ އަހަރު މިރޭހުގައި ބައިވެރިވުމަށް 3000 ޖާގައިގެ ރެޖިސްޓްރޭޝަން ހުޅުވާލިއިރު، އެޖާގަ ފުރިފައިވަނީ 72 ގަޑިއިރު ނުވަނީސް ކަމަށް ދިރާގުން ބުނެފައިވެއެވެ.

މީގެއިތުރުން ދިރާގުން ބުނެފައިވަނީ، ދިރާގު ރޯޑް ރޭސް 2018 ގެ ބައިވެރިންނަށް ބިބް ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސް ވަރަށް އަވަސް ފުރުސަތެއްގައި އިއުލާން ކުރާނެ ކަމަށާއި ބިބްތައް ނުގެންދަވާ ދުވުންތެރިންގެ ބިބްތައް މިދުވުމުގައި ރެޖިސްޓަރ ނުކުރެވުނު ފަރާތްތަކަށް ދޫކުރެވޭނެ ކަމަށެވެ.
މިއަދު އޮންލައިން