ކުއަލާ ލަމްޕޫރް: މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާޤް އިއްޔެ ހައްޔަރުކޮށް ދައުވާ ކުރަން ނިންމައިފިއެވެ. އޭނާ ހައްޔަރުކޮށް ދައުވާ ކުރަން ނިންމީ އެޤައުމުގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ 628 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައިގައެވެ.
މެލޭޝިއަން އެންޓި ކޮރަޕްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޖީބު ހައްޔަރު ކުރީ 1އެމްޑީބީ އިން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ 628 މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށެވެ.
މިއަދު މެންދުރުފަހު ނަޖީބު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް މެލޭޝިއަން އޭސީސީ އިން ބުނެފައިވެއެވެ.