މާދަމާ ބޭއްވޭ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް މޮބައިލް ފޯނު މެދުވެރިކޮށް ލުއިފަސޭހަ ކަމާއެކީ ބެލުމަށް، "އިންތިހާބު ޕެކް" ގެ ނަމުގައި ދިރާގު ކަސްޓަމަރުންނަށް ޚާއްސަ ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި އެޑޭޓާ ޕެކް ދިރާގު ޕޯސްޓް ޕެއިޑް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށާއި ދިރާގުގެ އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ހޯއްދޭނެއެވެ.
މުޅިއަކު 10 ޖީބީ ހިމެނޭ "އިންތިހާބު ޕެކް" ގެ އަގަކީ 225 ރުފިޔާ ކަމަށާއި އެޕެކް ހޯއްދެވުމަށް ކަސްޓަމަރުން އެސްއެމްއެސް ފޮނުވާނީ “ADD E10GB” ޖެއްސެވުމަށްފަހު 343 އަށް ދިރާގުން ބުނެފައިވެއެވެ.
މިޚާއްސަ ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އެކްޓިވޭޓްވުމަށްފަހު ފަސް ދުވަސް ވަންދެން މިޕެކު ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.