އުމުރުން 11 އަހަރުގަ ޤްރްއާން ހިތުދަސްކުރި - ޔަހޫދީ ސްނައިޕަރަކު ބަޑިޖަހާ އޭނާ މަރާލީ 12 އަހަރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އުމުރުން 11 އަހަރުގަ ޤްރްއާން ހިތުދަސްކުރި - ޔަހޫދީ ސްނައިޕަރަކު ބަޑިޖަހާ އޭނާ މަރާލީ 12 އަހަރުގަ!
އޭނާގެ އުމުރުން 11 އަހަރުގައި ކީރިތި ޤްރްއާން ހިތުދަސްކޮށް ޙާފިޡަކަށްވިއެވެ. 12 އަހަރުގައި ޔަހޫދީ ސްނައިޕަރަކު ދުރުން ބަޑިޖަހާ މަރައިލީއެވެ. ސުވާލަކީ މިއީ ހަމަ އިއްތިފާޤެއް ހެއްޔެވެ؟ ނޫނީ އިންޓެލިޖެންސް މައުލޫމާތު ހޯދައިގެން ދުރާލައި ރާވައިގެން މިފަދަ ކަންކަން ކުރަނީ ނޫން ހެއްޔެވެ؟



ހަމައެކަނި އޭނާއެއް ނޫނެވެ. ފަލަސްޠީނުގައި އާދައާ ޚިލާފު ތޫނުފިލި ކުއްޖަކު ހުރިނަމަ އެކުއްޖަކު އެބަ މަރައިލައެވެ. ނޫނީ ކޮންމެވެސް ތުހުމަތެއްގައި ޔަހޫދީ ޖަލެއްގައި ހަޔަރުކުރެއެވެ. މިނިވަންކަމާއިއެކު ދުނިޔޭގައި އުޅުމުގެ ފުރުޞަތެއް ނުދެއެވެ.



ހިތާމައަކީ މިފަދަ ބޮޑު ނުރައްކަލުގައި މުޅި ފަލަސްޠީނު އޮތްއިރުވެސް އެޙާލަތުން ފަލަސްޠީނު ސަލާމަތް ކުރުމުގެ ކުޅަދާނަކަން އިސްލާމީ އުންމަތަށް ލިބިފައިނެތުމެވެ. ކަންބޮޑުވާކަމަށް ދުލުހުން ބުނި ނަމަވެސް އަމަލުން އެކަން ނުދެއްކޭ ކަމެވެ.

‍ ‍- ފަލަސްޠީނުގެ އަޑު
މިއަދު އޮންލައިން