ޔޫރަޕުގައި ހުޅުވި އެންމެ ބޮޑު މިސްކިތް ތުރުކީގެ ޚަރަދުގައި ބިނާކޮށް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޔޫރަޕުގައި ހުޅުވި އެންމެ ބޮޑު މިސްކިތް ތުރުކީގެ ޚަރަދުގައި ބިނާކޮށް ހުޅުވައިފި

ޔޫރަޕުގައި މިހައިތަނަށް ބިނާކުރެވުނު އެންމެ ބޮޑު މިސްކިތް ތުރުކީގެ ޚަރަދުގައި ޖަރުމަނުގައި ބިނާކޮށްދިނުމަށްފަހު ރައީސް އުރުދުޤާން ހުޅުއްވައިދެއްވައިފިއެވެ.

އުރުދުޤާން ޖަރުމަނަށް ކުރެއްވި ރަސްމީ ދަދުތުރުފުޅުގެ ތެރެއިން މި މިސްކިތް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ 25000 މުސްލިމުން ބައިވެރިކޮށްގެންނެވެ. ނަމަވެސް މިސްކިތް ހުޅުވުމާއި ދެކޮޅަށް ހާހެއްހައި މީހުން މުޒާހަރާކުރަން ނުކުތުމާއި ގުޅިގެން ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މުސްލިމުންނަށް ފުރުޞަތު ނުތީ ހަމަ އެކަނި އިމާމުންނާއި އޮފިޝަލުން ބައިވެރިވެގެންނެވެ.
ރައީސް އުރުދުޤާން ވިދާޅުވީ އެމެރިކާއިން ތަމްރީނުކޮށްފައި ދީނީ ޢިލްމުވެރިންގެ ނަމުގައި ފޮނުވާ މީހުންގެ ސަބަބުން ޖަރުމަނާއި ތުރުކީގެ މެދުގައި މައްސަލަތައް އުފެދުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

އުރުދުޤާން ވިދާޅުވީ ޤައުމުތަކުން މަސައްކަތް ކުރަންވީ ކުރިއަރަން ކަމަށާއި ދީނީ އަދި ނަސްލީ ކަންކަމުގައި ތަޅާފޮޅަން ނޫން ކަމަށެވެ. ތަޅާފޮޅުންތައް އުފައްދުވަނީ އިންސާނުން ކުރިއަރައި ދާން ބޭނުންނުވާ މުޅި އިންސާނިއްޔަތުގެ ޢަދާވާތްތެރިން ކަމަށެވެ.
މިއަދު އޮންލައިން