100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ގައްދޫ އަށް ތައާރަފްކޮށްފިއެވެ.
މިކަމުގެ އުފަލުގައި އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ އޮފަރ އެއްމެދުވެރިކޮށް، 25 އޮކްޓޯބަރ2018 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ ބޭފުޅުންނަށް، ބާރަ މަހުގެ ނިޔަލަށް ވަރަށް ހާއްސަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.ގައްދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ގުޅައިދިނުމަށް އިތުރު ފީއެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.
"އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދިނުމުގައި، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތް ވަރަށް މުހިއްމު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްއަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދެން. އަދި، މި މަސައްކަތުގެ ތެރެއިން، ގދ. ގައްދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދީގެން ގައްދޫގެ ރައްޔިތުން ގުޅުވާލަދެވުމަކީއަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.
ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތަކެއް އުރީދޫ އިން ފޯރުކޮށްދެއެވެ. އަދި މި ޚިދުމަތާއި އެކު، ގައްދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.
ގައްދޫ އަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ ޝައިން އިންވެސްޓްމެންޓްސް އެވެ.
ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/snއަށްޒިޔާރަތްކުރައްވަން އުރީދޫން ވަނީ އެދިފައެވެ.