އުރީދޫ ކަލަރ ރަން އިތުރަށް ފޯރިގަދަ ކުރުމަށް ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯ އެއް އިއުލާންކޮށް، ދުވުމަށް ރަޖިސްޓަރ ކުރެއްވުމަށް ހުޅުވާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
އުރީދޫ ކަލަރ ރަން އިތުރަށް ފޯރިގަދަ ކުރުމަށް ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯ އެއް އިއުލާންކޮށް، ދުވުމަށް ރަޖިސްޓަރ ކުރެއްވުމަށް ހުޅުވާލައިފި!
ސިއްހަތަށް ފައިދާހުރި އަދި މަޖާހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކޮށްދޭ، އުރީދޫ ކަލަރ ރަން 2018 އަށް ރަޖިސްޓްރޭޝަން މިއަދު ފަށައިފިއެވެ. ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.

ރީތި ޑިސްޕްލޭތަކާއި، ފޯރިގަދަ މަޑި އެރުވުމުގެމުބާރާތެއް ހިމެނޭމި ފެސްޓިވަލް އަކީ ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ވަރަށް ކަމުދާނެ ހަރަކާތަކަށް ވާއިރު، މި ފެސްޓިވަލް ބޭއްވިގެންދާނީ ކަލަރ ރަންގެ ކުރިން އެ ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ. އަދި ރަން ނިމުމަށްފަހު، ރޭގަނޑު 8.00 ކުން ފެށިގެން، ރާއްޖޭގެ ކުޅަދާނަ މިއުޒިކް އާޓިސްޓުން ހިމެނޭ މިއުސިކް ޝޯ އެއް ބޭއްވިގެންދާނެއެވެ.

"އުރީދޫ ކަލަރ ރަން ފެށިގެންދިޔައީ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގައި ދުވުމުގެ ފައިދާ އަންގައިދިނުމުގެ އަމާޒާއި އެކު. މި އަހަރު ކަލަރ ރަން ވެގެންދާނީ މުޅި ދުވަހު ކުރިއަށްދާ، އުފާވެރި ފެސްޓިވަލަކަށް. މިއަދު އަޅުގަނޑުމެން ކަލަރ ރަން އަށް ރަޖިސްޓަރ ކުރަން ހުޅުވާލައި، ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާއާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް،އުރީދޫކަލަރރަންގައިބައިވެރިވުމަށްދައުވަތުއަރުވަން." އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން http://ore.do/colorrunމެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކޮށް، އެބޭފުޅުން ބޭނުންވާ ކަލަރ ރަން ކިޓެއް ޚިޔާރުކުރެވޭނެއެވެ. މީގެތެރޭގައި ހިމެނެނީ:

• ބިބް، ޓީޝާޓް، އަދި ފިނިޝާޒް މެޑަލް ހިމެނޭ 50 ރ. ގެ ސްޓޭންޑަޑް ކިޓް

• ބިބް، ޓީޝާޓް، ފިނިޝާޒް މެޑަލް، އަތުގައި އަޅާ ބޭންޑް، ޖިމްސެކް، އަދި ކަރުދާސް ކެޕް ހިމެނޭ 200 ރ. ގެ ސްޓޭންޑަޑް ކިޓް

ރަޖިސްޓަރ ކުރެއްވި ދުވުންތެރިންގެ ކިޓް ހަވާލުކުރެވިގެންދާނީ، ނޮވެމްބަރ 15 އަދި 16 ވަނަ ދުވަހު ބޭއްވިގެންދާ އުރީދޫ ކަލަރ ރަން އެކްސްޕޯގައެވެ. އެކްސްޕޯގެ ބައިވެރިންނަށް، ކަލަރ ރަންގެ ޕާޓްނަރުންނާއި ގުޅިގެން ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް ހިންގިގެންދާނެއެވެ.

އުރީދޫ ކަލަރ ރަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/colorrun އަށް ޒިޔާރަތް ކުރުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން