ދިރާގަށް ކާމިޔާބު 30 އަހަރު، 30 މީހަކަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު

ކިޔުމަށް ހޭދަވާނީ 51ސ
ދިރާގަށް ކާމިޔާބު 30 އަހަރު، 30 މީހަކަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު
ރާއްޖޭގައި އެންމެ ގިނަ ދުވަހު މުއާސަލާތީ ޚިދުމަތް ދިން ފަރާތް ކަމުގައިވާ ދިރާގަށް ވަރަށް ވެސް ކާމިޔާބު 30 އަހަރު މިއަދު ފުރިއްޖެއެވެ.

މިއުފާވެރި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައާއި އަތޮޅު ތެރޭގެ އެކި ކަންކޮޅުތަކުގައިވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.

ދިރާގަށް 30 އަހަރު ފުރުމުގެ ގޮތުން އެކުންފުނިން ވަނީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.



އެގޮތުން ދިރާގުން ވަނީ ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ޚަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ރަނުގެ ފުރުސަތު ހުޅުވާލާފައެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ މިޚާއްސަ ޕްރޮމޯޝަންގައި މިއަގުހުރި އިނާމު ހޯދެނީ ގުރުއަތުލުމަކުންނެވެ. އަދި މިގުރުއަތުލުމުގައި ބައިވެރިވުމަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ.

މިއަގުހުރި އިނާމުގެ އިތުރުން ދިރާގަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިފެށުނު އޮކްޓޯބަރު މަހު %30 އިތުރު ޑޭޓާ ހަދިޔާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން