ތަރުޖަމާނުގެ ވާހަކަތައް އެމްއެމްއޭ އިން ދޮގުކޮށްފި - ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނުވާނެ: އެމްއެމްއޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ތަރުޖަމާނުގެ ވާހަކަތައް އެމްއެމްއޭ އިން ދޮގުކޮށްފި - ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނުވާނެ: އެމްއެމްއޭ
އެމްއެމްއޭގައި އުފައްދާފައިވާ ފިނޭންސް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މިހައިތަނަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކާއި 137 ރިޕޯޓެއް ހިއްޞާކޮށްފައިވާނެ ކަމަށާއި އެއިން އެއްވެސް ރިޕޯޓެއް އަދި މިހައިތަނަށް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އެފްއައިޔޫއިން ބުނެފިއެވެ.

އެފްއައިޔޫއިން މިކަން ހާމަކުރީ އެމްއެމްއޭ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްވި ބަޔާނެއްގައެވެ. މިފަދަ ބަޔާނެއް އެފްއައިޔޫއިން ނެރެފައިވާއިރު ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ މިއަދު ވިޑާޅުވެފައިވަނީ އެފްއައިޔޫއިން ފުލުހުންނަށް މައްސަލަ ހުށަހެޅި ސިޓީ އަނބުރާ ގެންގޮސަފއިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ކަމަށެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް މާލީ ގޮތުން ވާ އެހީތައް ބަލަން ޤާނޫނުގެދަށުން އެމްއެމްއޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ.

އެފްއައިޔޫ އާއި ސަރުކާރުގެ ތަރުޖަމާނުގެ ބަސް މިފަދައިން ތަފާތުވެފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާތީ އެކަން ބަލަން ފުލުހުންނަށް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެމްއެމްއޭގެ ބަޔާން (އޯޑިއޯ):

















މިއަދު އޮންލައިން