އިންޑޮނޭސިއާއަށް ކުރިމައިތިވި ސުނާމީ ކާރިސާގައި އޮޔާދިއަ މީހުންގެ ހަށިތައް ލައްގާއިރު ކުނިވެފައި ހުންނާތީ ވަޅުލަން މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ވޮލަންޓިއަރުން ބުނަނީ ހަށިގަނޑުތައް ހުރީ ވަރަށް ބޮޑު ގިރިފައި ކަމަށާއި ދުވާ ކުނިވަހާއި އެހެންވެސް ޞިއްޙީ މައްސަލަތަކާއިހުރެ ހަށިގަނޑުތައް ނަގަން ދަތިތަކެއް އެބަހުރި ކަމަށެވެ.
ޞިއްޙީ އިދާރާއިން ބުނެފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ފެންނަ ހަށިގަނޑުތައްވެސް ހުންނަނީ ކުނިވެފައި ކަމަށާއި މިއީ މުޅި ސަރަހައްދަށް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި ޞިއްޙީ މައްސަލަތައް ޢާންމުވެއްޖެނަމަ ދޭނެ ބޭހާއި ސަލާމަތް ވުމަށް ދޭނެ ވެކްސިން ވެސް ނެތް ކަމަށެވެ.
އިންޑޮނޭސިއާއަށް އައި ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1571 އަށް އަރައިފައެވެ. 70000 މީހުންގެ ގޮދެރުވަނީ ނެތިގެން ގޮސްފައެވެ.