ކިނބުލަކަށް ކާން ދިނުމުން ބުރަކަށީގަ އިށީންނަން ފުރުޞަތު ދިން ވީޑިއޯއެއް ޢާންކުމުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ކިނބުލަކަށް ކާން ދިނުމުން ބުރަކަށީގަ އިށީންނަން ފުރުޞަތު ދިން ވީޑިއޯއެއް ޢާންކުމުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން
ކިނބުލަކަށް ކާން ދިނުމުން ބުރަކަށީގައި އިށީންނަން ފުރުޞަތު ދިން ވީޑިއޯއެއް ޢާންކުމުރުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ކަމާއިބެހޭ އިދާރާތަކުންވެސް ބުނަނީ ކިނބުލާއި މިފަދަ ގޮތަކަށް މުޢާމަލާތު ކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

ވީޑިއޯގައި ފެންނަގޮތުން، 650 ކިލޯ ބަރުދަނުގައި ހުންނާނެ ކަމަށް ބެލެވޭ މޫދުގައި އުޅޭ މި ކިނބޫ އެއްގަމަށް އަރާތަން ފެނުމުން، މަރުވެފަ އޮތް ކުޑަ ޖަނަވާރެއް އެއަށް ކާންދެއެވެ. އެއަށްފަހު އެއިގެ ބުރަކަށި މަތީގައި ދެފަހަރު އޭނާ އިށީނދެއެވެ.

އޮސްޓްރޭލިޔާގައި މިކަން ކޮށްފައިވަނީ މިބާވަތުގެ ކަންކަން ކުރުމުގެ ތަޖުރިބާ ލިބިގެންހުރި ޑެންމާކުގެ ރައްޔިތެއް ކަމަށްވާ ނީލްސް ޖެނެސަން އެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން