އިންޑޮނޭސިއާއަށް އެރި ސުނާމީގައި މިސްކިތްތައް ނެތިގެން ދިއުމުން ހުކުރުކުރީ ޢާންމުތަންތަނުގަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އިންޑޮނޭސިއާއަށް އެރި ސުނާމީގައި މިސްކިތްތައް ނެތިގެން ދިއުމުން ހުކުރުކުރީ ޢާންމުތަންތަނުގަ
އިންޑޮނޭސިއާއަށް އެރި ސުނާމީގައި ގިނަ އަދަދެއްގެ މިސްކިތްތައް ނެތިގެން ގޮސްފައިވާތީ އިއްޔެ ހުކުރު ނަމާދުކުރީ ޢާންމުތަންތަނުގައެވެ.

މިގޮތުން ގިނަ ބައަކު އިއްޔެ ވަނީ މިހައިތަނަށް ފަތުރުވެރިކަމަށް ބޭނުންކުރަމުންދިއަ ޓަލިސެ ބީޗްގައިވެސް ހުކުރުކޮށްފައެވެ. އެތައް ސަތޭކަ މީހުން ބައިވެރިވި ހުކުރު ނަމާދަށްފަހު ވަނީ ޚާއްޞަ ދުޢާއެއް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަދިވެސް ވީގޮތެއް ނުއެނގޭ މީހުންގެ އަދަދު ހާހަކަށްވުރެ ގިނައެވެ.

އިއްޔެގެ ދުޢާކުރުމުގައި ބައިވެރިވި މީހަކު ބުނީ އޭނާގެ ދަރިފުޅަށް ﷲ ތައާލާ ސުވަރުގެ މިންވަރު ކުރައްވަވާނެ ކަމަށް އުންމީދުކުރާ ކަމަށާއި ދަރިފުޅު މަރުވީ މިސްކިތުގައި ނަމާދަށް ހުއްޓައި މިސކިތް ވެއްޓުމުން ކަމަށެވެ.
މިއަދު އޮންލައިން