އިމްތިޙާނު ހަދަން ފުރުޞަތު ދިނުމަށްޓަކައި ފުލުހުން 6 މަހުގެ ދަރިފުޅު ބަލައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އިމްތިޙާނު ހަދަން ފުރުޞަތު ދިނުމަށްޓަކައި ފުލުހުން 6 މަހުގެ ދަރިފުޅު ބަލައިދީފި
ފުލުހުންނަކީ އަބަދުވެސް އާދަޢާ ޚިލާފް ކަންކަން ކުރާ ބައެކެވެ. މިގޮތުން އިއްޔެ ހައިދަރު އާބާދުގެ ފުލުހުންގެ ކިބައިން ފެނުނު ކަމަކީ 6 މަހުގެ ތުއްތު ދަރިފުޅުގެ މަންމައަށް އިމްތިޙާނު ހެދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދަރިފުޅު ބަލައި ދިނުމެވެ.

ފުލުހުންގެތެރެއަށް ވަނުމަށް ހަދަންޖެހޭ އިމްތިހާނު ހެދުމަށް އަންހެން މީހާ ދިއައީ 6 މަހުގެ ތުއްތު ދަރިފުޅާއި ދަރިފުޅު ބެލުމަށް ކުޑަ ކޮއްކޮއަކު ވެސް ގޮވައިގެންނެވެ. އިމްތިހާނު ހަދަން އިންދާ ކުއްޖާ ރޯތަނާއި ރުއިން ނުހުއްޓުވިގެން އުޅޭތަން ފެނުމުން 4 ފުލުހުން ގޮސް އެކަކު ކުއްޖާ އުރީއެވެ. އަނެކަކު ބުއްފުޅި ޖެއްސީއެވެ. ދެން ތިބި 2 ފުލުހުން ކުއްޖާ ރުއްސުވުމަށްޓަކައި ލަވަކިޔައިދިނުން ފަދަ ކަންކަން ކުރީއެވެ.

އިމްތިހާނު ހަދަން ދިއަ އަންހެނެއްގެ ދަރިފުޅު މިދިއަ ހަފްތާގައިވެސް ފުލުހުން ވަނީ ބަލައިދީފައެވެ.
މިއަދު އޮންލައިން