އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާންގެ ޖައިޕޫރްގައި 22 މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެއެވެ.
މަޝްހޫރު އޮންލައިން "ޑެއިލީ މެއިލް' އިން ރިޕޯޓުކޮށްފައި ވާ ގޮތުން ޒިކާ ވައިރަސް ފެތުރެމުންދާތީ، އިންޑިއާގައި މިހާރު ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ޒިކާގެ އަލާމާތްތައް ހުންނަ މީހުން ސްކްރީންކޮށް ފަރުވާ ދެމުންނެވެ.
އަދި އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯރ ޑިޒީޒް ކޮންޓްރޯލުން ބުނީ މިހާތަނަށް 22 މީހެއް ޒިކާއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މީހުންޒިކާއަށް ސްކްރީން ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
ދިވެހިރާއްޖެއަށް ވެސް މި ވައިރަސް އައިސްދާނެ ކަމަށް މިއަހަރު އެޗްޕީއޭ އިން ބުނި ނަމަވެސް، އަދި މިހާތަނަށް ރާއްޖޭން މި ވައިރަސް ފެނިފަ ނުވެއެވެ.
މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަސް އެކެވެ.
.