މިސްޓަ ބީން ދެން ނުފެންނާނެ!

ކިޔުމަށް ހޭދަވާނީ 41ސ
މިސްޓަ ބީން ދެން ނުފެންނާނެ!
މަޤުބޫލު ކެރެކްޓާ 'މިސްޓާރ ބީން' ކުޅެމުން އައި އެކްޓަރު ރޯވަން އެޓްކިންސަން ދެން 'މިސްޓާރ ބީން' ގެ ގޮތުގައި ނުފެންނާނެ ކަމަށް ބުނެފި އެވެ.

އުމުރުން 63 އަހަރުގެ ރޯވަން، އެހެން ބުނީ ބީބީސީގެ ޓޯކް ޝޯ ދި ގްރަހަމް ނޯޓަން ޝޯއަށް ދިން އިންޓަރވިއުއެއްގައެވެ.

''އަހަންނަކަށް ހިއެއްނުވޭ ދެން މިސްޓާރ ބީންގެ ގޮތުގައި ފެނިދާނެހެން'' އޭނާ ބުންޏެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "މިސްޓަ ބީން"ގެ ސިލްސިލާގެ 15 އެޕިސޯޑެއް ވަނީ ގެނެސްދީފައިވެ އެވެ. އެއީ 1990 ވަނަ އަހަރާއި 1995 ވަނަ އަހަރާ ދެމެދުގައި އެވެ. މީގެ އިތުރުން މިސްޓާރ ބީންގެ ކާޓޫން ސީރީޒްއެއްވެސް ވަނީ ގެނެސްދީފައެވެ.

ކޮއްމެއަކަސް މިއީ އެތަށް ބަޔަކަށް ހިތާމަވެރި ޚަބަރަކަށް ވާނެކަން ޤައިމެވެ.
މިއަދު އޮންލައިން