ޕޮލިސް ކުލަބުން ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
 ޕޮލިސް ކުލަބުން ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
ފޯރިގަދަ ކުޅުމަކަށްފަހު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބުން 50 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮިލސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ފޮނަދޫއިންނެވެ. މިސެޓް އެޓީމުން ކާމިޔާބުކުރީ 25-15 އިންނެވެ. ނަމަވެސް ދެވަނަ ސެޓްގައި ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް 25-19 އިން ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. އަދި ތިން ވަނަ ސެޓް 25-17 އިން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މެޗުގެ ލީޑު ހޯދިއެވެ. ނަމަވެސް ހަތަރު ވަނަ ސެޓްގައި ފޮނަދޫއިން ވާދަވެރި ކުޅުމަކަށްފަހު 26-24 ސެޓް ކާމިޔާބުކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު ހަތަރުވަނަ ސެޓް ޕޮލިސް ކުލަބަށް ގެއްލުނު ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ޕޮލިސް ކުލަބުން ވަނީ ނަތީޖާ ނެރުމަށް ކުޅުނު ސެޓް 15-8 އިން ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެންމެ މޮޅު ލިބަރޯގެ މަޤާމު ހޯދި ނުހާ ވަހީދު އާއި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ އައިޝަތު މާޖިދާ އާއި ހައްވާ ޝާހާ އާއި އައިޝަތު ސައްފައާއި ފާތިމަތު ޖޫޒަން ޒަރީރު އާއި ވެމްކޯގެ ޝައުފާ އާދަމްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކުލަބުގެ އައިމިނަތު ސާހާ ޝާމިން ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކުލަބުގެ ކޯޗަކަށް ޕޮލިސް ކުލަބުގެ ކޯޗު ޚާލިދު ހޮވުނުއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޕޮލިސް ކުލަބެވެ.
މިއަދު އޮންލައިން